ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕޮރޮގުރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިވާކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ސާވިސް ބައިވެރިވުމުގެ ޝަރުތުތައް
ޑިފެންސް މިނިސްޓްރީން ބުނީ ގައުމީ ހިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައިަކަމެވެ.
ޤައުމީ ހިދުމަތުގެ ޕްރޮގުރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ހިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނަކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި ޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތުވެސް ލިބޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 1 ވަނަދުވަހަށް ހަމަވާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.