ads
ޔުމްނު ފުރުވާލަން އެއާޕޯޓްގައި
ޔުމްނު މިއަދު ރަނގަޅު، އަދިވެސް ހެޔޮ ހާލަށް އަންނަން ހަނގުރާމަކުރަނީ
ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ހާލު މިއަދު ރަނގަޅުކަމަށާއި އެހެންނަމަވެސް ހެޔޮހާލަށް އަންނަން އަދިވެސް މަސައްކަތް ކުރަމުން އަންނަކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.
Advertisement

ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަފްތާެއެއް ފަހުން ޔުމްނު އިތުރު ފަރުވައަށް މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު މެލޭޝިޔާއަށް ޔުމްނު ގެންދިޔައިރުވެސް އޭނާގެ ހާލު ސީރިއަސްކަމަށް އާއިލާއިން ބުނެއެވެ. 

އެ ހާދިސާއަށްފަހު ޔުމްނުއަށް ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ހަދަންޖެހޭ އެންމެ ނުރައްކާތެރި ސާޖަރީ އިއްޔެ ވަނީ ހަދާފައެވެ. ޔުމްނުގެ ކަނދުރާގެ ތިރީބައި ބިންދައިގެން ގޮސްފައިވާތީ އެކަމަށް ފަރުވާދިނުމަށް އިއްޔެ ހެދި ސާޖަރީވަނީ ގާތްގަޑަކަށް 5 ގަޑިއިރަށް ދެމިގެން ގޮސްފައެވެ. 

އިއްޔެގެ ސާޖަރީއަށް ފަހު މިއަދު ޔުމްނުގެ ހާލު އޭނާއަށް ހެޔޮ އެދޭ ފަރާތްތަކަށް ބުނެދެމުން ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނުއަށް ކުރި އެރުން އަންނަކަމަށެވެ. 

" ނާނާއަށް މިއަދަކީ ރަނގަޅު ދުވަހެއް، އަޅުގަނޑުމެންނަށް ފެނުނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް. އަނދިރި ދުވަސްތަކަށްފަހުކޮންމެވެސް ވަރެއްގެ އަލިކަމެއް ފެނިއްޖެ." މުއުމިން ޔުމްނުގެ ހާލު ބުނެދެމުން އެކްސްގައި ލިޔެފައިވެއެވެ.

މުއުމިން ބުނީ ޔުމްނު ހެޔޮ ހާލަށް އައުމަށް އަދިވެސް އަންނަނީ ހަނގުރާމަކުރަމުން ކަމަށެވެ. އެހެންނަމަވެސް ފަރުވާ ލިބެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. 

 

ޔުމްނުގެ ފަރުވާގެ ކަންކަން ރަނގަޅަށް ހިގައްޖެނަމަ ދުވަސްކޮޅަކުން އޭނާއަށް ތެދުވެ އިށީދެވެސް އިދެވޭނެކަމަށް ރޭ މުއުމިން އެކްސްގައި ކުރި ޕޯސްޓްގައި ވަނީ ބުނެފައެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން މިއަދު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް