ads
އާ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން ދަރިވަރުން ސްކޫލަށް ދަނީ
ގްރޭޑް1ގެ ކުއްޖަކު ސްކޫލު ގަޑީގައި އެކަނި ސްކޫލުން ނިކުމެގެންދިޔަ މައްސަލައެއް
ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން އެކަނިމާ އެކަނި ނިކުމެގެން ދިޔަ މައްސަލައެއް ފެންމަތިވެ އެކަން އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
Advertisement

މިކަން ހިނގާފައިވަނީ ހުޅުމާލޭ ސްކޫލެއްގައެވެ. އެ ކުއްޖާ ނުކުމެގެން ގޮސްފައިވަނީ ސްކޫލް ގަޑީގައެވެ. އަދި އެ ދަރިވަރު ނުކުމގެން ދިޔައީ ޓީޗަރުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދިޔަ މައްސަލައެކެވެ.

އެޑިއުކޭޗަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދަރުވަރު ސްކޫލުން ނުކުމެގެން ދިޔަ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ މިއަދު ހަވީރު 3:11 ގައި ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއި އެކު ކުރި މަސައްކަތުން އެ ކުއްޖާ ފެނުނީ އޭގެ ވިއްސަކަށް މިނެޓް ފަހުން 3:31 ހާއިރުކަމަށާއި އެ ދަރިވަރަށް އެއްވެސް ގެއްލުމުއް ލިބިފައިނެތް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 

މިނިސްޓަރު ޝަފީއު ވިދާޅުވީ މި ހާދިސާގެ ވާހަކަ އެފްބީގައި ލިޔުއްވީ އެފަދަ ކަމެއް ހިނގުމުން ނުފޮރުވާ ބާއްވަން ވެގެންކަމަށާއި ކަންކަން ރަނގަޅުކުރުމަށްކަމަށެވެ.

" އަޅުގަނޑު މިވާހަކަ މިދަންނަވާލީ 2 ބޭނުމެއްގައި. އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން." މިނިސްޓަރު ޝަފީއު އެފްޕީބައި ކުރި ޕޯސްޓުގައިވެއެވެ.

ދެވަނަ ކަމެއްގޮތުގައި މިނިސްޓަރު ވިދާޅުވީ ކުއްޖާ ނުކުތީ ތަޅުލެވިފައި ހުންނަން ޖެހޭ ގޭޓަކުން ކަމުން އެކަން ތަކުރާރު ނުވާނޭގޮތަށް ފިޔަވަޅު އަޅަން ބޭނުންވާތީކަމަށެވެ.

" މި ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުން." މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މި މައްސަލަ ގައި އިހްމާލުވީ ކޮން ބައެއްކަމެއް އަދި މިނިސްޓްރީ އަކުން ނުބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް