
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަަކަށް ފަސޭހަކޮށްދިނުމަށް އެކި ލޯންތަކާއި ސްކީމްތަކުގައި ބައިވެރިކުރުމަށް ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހްލާާއިއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމަށެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ބެލެނިވެރިންނަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު އަބަދުވެސް އޮންނާނީ މަސްކެތެރިންގެ އަޑުއަހާ މަސައްކަތްތެރިންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދާދިނުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ މަސައްކަތް ތެރިންގެ ދުވަސް (މޭޑޭ) ގެ ގޮތުގައެވެ.