ads
އިންޑިއާމީހަކު ދޮގަނުގެ މަސައްކަތުގައި
އިންޑިއާ ސަރުކާރުން 25.6 މެޓްރިކް ޓަނުގެ ގޮދަން ގަނެފި
ދަނޑުވެރިންގެ އަތުން 25.6 މިލިއަން މެޓްރިކް ޓަނުގެ ގޮދަން ގަނެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.
Advertisement

މި ގޮދަން ގަނެފައިވަނީ މިނިމަމް ސަޕޯޓް ޕްރައިސް (އެމްއެސްޕީ) ސްކީމްގެ ދަށުންނެވެ. މި ސްކީމްގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މާކެޓުގެ އަގުތައް ސްޓެބަލައިޒްކުރުމާއި، އަދި ދަނޑުވެރިންގެ އާމްދަނީ އިތުރުކުރުމެވެ.

މި ފަހަރު ގަނެފައިވާ ގޮދަނުގެ އަދަދު 2022 ވަނަ އަހަރު ގަނެފައިވާ 43.3 މިލިއަން ޓަނަށްވުރެ ދަށެވެ. މިހެން ދިމާވެފައިވަނީ މޫސުމަށް އައިސްފައިވާ ބަދަލުތަކާއި އެކްސްޕޯޓް ކުރުމަށް އޮތް ޑިމާންޑް އިތުރުވެފައިވާތީ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މި މިންވަރުން އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ވަރަށް ގޮދަން ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.

އިންޑިއާގެ އޮތޯރިޓީތަކުން ހާމަކުރި ގޮތުގައި މި ގޮދަން ގަތުމުގެ ސަބަބުން ޕަބްލިކް ޑިސްޓްރިބިއުޝަން ސިސްޓަމް ހަރުދަނާވެ، ބަފާ ސްޓޮކް ބެހެއްޓުމަށް އެހީތެރިވެގެންދާނެއެވެ. އަދި އިންޑިއާ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް މިހާރު ގަނެފައިވާ މިންވަރުން އެކަށީގެންވާ ވަރަށް ގޮދަން ލިބޭނެކަމާމެދު އެ ފަރާތްތަކުން އުއްމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް