ads
ތައިލެންޑް ވެރިރަށް ބޭންގްކޮކް ފޮޓޯ: ތައިލެންޑް ޑިސްކަވަރީ
ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު ހުށަހަޅަން ހަނދާންކޮށްދީފި
ތައިލެންޑަށް ދަތުރުކުރާ ދިވެހިން ތައިލެންޑުގެ ޑިޖިޓަލް އެރައިވަލް ކާޑު (ޓީޑީއޭސީ) ހުށަހެޅުމަށް ސަރުކާރުން މިއަދު ހަނދާންކޮށްދީފިއެވެ.
Advertisement

ތައިލެންޑުގެ އިމިގްރޭޝަން ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން މޭ 1 އިން ފެށިގެން ތައިލެންޑަށް ވަދެވޭ ހުރިހާ ބިދޭސީންވެސް ޑިޖިޓަލް އެރައިވަލް ކާޑު ހުށަހަޅަން ޖެހޭނެއެވެ. މި ކާޑު ހުށަހަޅަންޖެހޭނީ ތައިލެންޑަށް ދަތުރުކުރުމުގެ 3 ދުވަސް ކުރިންނެވެ.

ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޭ 1 އިން ފެށިގެން ތައިލެންޑަށް ވައިގެ މަގުންނާއި، ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވަންނަ ހުރިހާ ބިދޭސީންވެސް ޓީޑީއޭސީ ހުށަހަޅަންޖެހޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވަނީ މި ބަދަލު ގެނައުމަށްފަހުވެސް ދިވެހިންނަށް ތައިލެންޑުން 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށެވެ.

ތައިލެންޑަކީ ދިވެހިން ޗުއްޓީ ހޭދަކުރުމަށާއި، ބޭސްފަރުވާއަށާއި، ވިޔަފާރީގެ ބޭނުންތަކަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. އަދި ތައިލެންޑަކީ މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހި އާއިލާތައް ދިރިއުޅޭ ގައުމެއްވެސް މެއެވެ. މި ބަދަލާއެކު ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު ހުށަހެޅުމަށް ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް