
އެ އިންތިހާބުގެ ވޯޓުލުން ވަނީ މި ނިމުނު މާޗު މަހުގެ 28 ވަނަ ދުވަހު ފެށިފައެވެ.
މި މަރުކަޒު ހުޅުވާލާފައިވަނީ މާލޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން އިމާރާތުގައެވެ.
އޮސްޓްރޭލިއާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބަށް 83 ގައުމެއްގައި 100 އަށްވުރެ ގިނަ ވޯޓުލާ މަރުކަޒު ގާއިމުކޮށްފައިވާ ކަމަށެވެ. މިއީ މީގެ ކުރިން ބޭއްވުނު އެއްވެސް އިންތިހާބަކަށްވުރެ ގިނަ އަދަދެއްގެ ވޯޓުލާ މަރުކަޒުތަކެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން 2022 ވަނަ އަހަރު ބޭރު ގައުމުތަކުގައި ހުޅުވާލެވުނީ އެންމެ 19 ވޯޓުލާ މަރުކަޒެވެ. އެހެންނަމަވެސް މިހާރު އެ އަދަދު ބޮޑުތަން އިތުރުވެފައިވެއެވެ.
އޮސްޓްރޭލިއާގެ އިލެކްޓޯރަލް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ބޭރުގައި ހުރި ވޯޓުލާ މަރުކަޒުތަކުން 26،000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ. އަދި 4،000 އަށްވުރެ ގިނަ ޕޯސްޓަލް ވޯޓު ބޭރުން ލިބިފައިވެއެވެ.