ads
ރައީސް އަދި ސިޔާމް
މުޒާހަރާ ރުޅާލީ ހައްގު ހަނިކުރަން، ޒުވާނުން ދޫކޮށްލާ: އެމްޑީއޭ
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ މުޒާހަރާ ރޫޅާލީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ހަނިކުރުމުގެ މަގުސަދުގައި ކަމަށް ސަރުކާރުގައި ބައިވެރިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ބުނެފިއެވެ.
Advertisement

ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައިއެވެ. 

މިކަމާއި ގުޅީގެން ސަރުކާރުގައި ބައިވެރިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތް ދެ ޒުވާނުން ހައްޔަރުކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި އެ ދެ ޒުވާނުން ވަގުތުން ދޫކޮށްލުމަށްވެސް އެމްޑީއޭއިން ވަނީ ގޮވާލާފައެވެ. 

އެމްޑީއޭގެ ބަޔާނުގައި ބުނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ލިބިދީފައިވާކަމަށެވެ. އަދި ސުލްހަވެރިކަމާއި އެކު ޒުވާނުން އެއްވެކުރަމުންދިޔަ މުޒާހަރާ ރޫޅާލާފައިވަނީ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެންކަންވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ. އަދި މުޒާހަރާ ރޫޅާލާފައިވަނީ ގާނޫނުން ލިބިފައިވާ އަސާސެއް ހައްގެއް ހަނިކުރުމުގެ މަގުސަދުގައި ކަމަށް ސަރުކާރަށް ތާއިދުކުރަމުން އަންނަ އެމްޑީއޭއިން ވަނީ ބުނެފައެވެ. 

ރޭގެ މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސްވެސް ވަނީ ގޮވާލާފައެވެ.  

ފުލުހުން ބުނީ ބާރުގެ ބޭނުންކޮށްގެން ރޭގެ މުޒާހަރާ ރޫޅާލީ މިއަދު އޯލެވެލް ހަދަން ކުދިން ދާންޖެހޭތީކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް