ads
ޑްރަގު ކެފޭއެއްކަމަށް ބުނާ ތަނެއް ފުލުހުން ފިލާ ޖަހާ ބަންދުކުރަނީ
ޑުރަގު ކެފޭއެއް ފުލުހުން ނުކުމެ ފިލާ ޖަހާ ބަންދުކޮށްފި
މާލޭގައި ހިނގާ ޑްރަގު ކެފޭތައް ބަންދުކުރުމަށް ހިންގާ އޮޕަރޭޝަންގައި ފުލުހުން ނުކުމެ ފިލާ ޖަހާ ތަނެއް ބަންދުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މާލެގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ތަންތަން ދެނެގަނެ، އެފަދަ ތަންތަން ބަންދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކުރާ މަސައްކަތުގެ ފޮޓޯތަކެއް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. 

އެ ފޮޓޯތަކުން ފެންނަނީ ތަނެއްގައި ފުލުހުން ތަނެއްގައި ފިލާ ޖަހާ ބަންދުކުރާ ތަނެވެ. އެހެންނަމަވެސް އެ ބަންދުކުރި ތަނަކާއި އެނޫންވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

your imageޑްރަގު ކެފޭއެއްކަމަށް ބުނާ ތަނެއް ފުލުހުން ފިލާ ޖަހާ ބަންދުކުރަނީ 

 ފުލުހުން ބުނީ އެ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި، މުޖުތަމައު މަސްތުވާތަކެތީގެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތުގެ ބައެއްކަމަށެވެ. ފުލުހުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރަތްތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް