ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ވަރަށް ކަރަންޓް ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރެވޭނީ ދަތިކަމެއް ނެތި ކަރަންޓް އުފެއްދޭ މިންވަރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއު ރޭވިފައިވަނީ ދެ ސިޓީގައި ޓޫރިޒަމް ފުޅާވަމުން އަންނަ މިންވަރަށް ވެސް ރިއާޔަތްކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިދިޔަ އަހަރުގެ އޭޕްރިލް 18 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ 32 މެގަވޮޓްގެ ޕަވަ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.