ads
ދިރާގު ރަން
ފުވައްމުލަކުގައި އަލަށް ބޭއްވި ދިރާގު ރަން ކާމިޔާބުކަމާއެކު ނިންމާލައިފި
ފުވައްމުލަކުގައި އަލަށް ބޭއްވި ދިރާގު ރަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
Advertisement

މިއީ ރާއްޖޭގެ އެންމެ މަގުބޫލު ދުވުން ކަމަށްވާ ދިރާގު ރޯޑް ރޭސް (ޑީއެމްއާރުއާރު) އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. މި ތާރީހީ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1,112 ދުވުންތެރިން ބައިވެރިވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވުނު މި ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އަދި ރާއްޖޭގެ އެސްލެޓިކްސް އެސޯސިއޭޝަނާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރަތަން ކެޓަގަރީތައް ހިމެނުނެވެ. ދިރާގުން މި ދުވުމުގައި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމްލަ 232,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

ދިރާގު ފުވައްމުލަކު ރަން 2025 ގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް، ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. ޑީއެމްއާރުއާރުއަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މާލޭގެ އިތުރުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް