
މި ހާދިސާ ހިނގާފައިވަނީ މެއި ހުކުރު ދުވަހުގެ ރޭ، އެ ފައްޅި ކައިރީގައި ކޮންމެ އަހަރަކުވެސް ބާއްވާ 'ޝްރީ ލައިރައި ޒަތްރާ' ފެސްޓިވަލްގެތެރެއިންނެވެ. ޝްރީ ލައިރައި ޒަތްރާ ފެސްޓިވަލްއަކީ އަލިފާނުގެ މަތީން ހިނގުން ފަދަ ސްޓަންޓުތައް ޖައްސައި ގިނަބަޔައެއްގެ ސަމާލުކަން ހޯދާފައިވާ ފެސްޓުިވަލެކެވެ.
ފެސްޓިވަލްގެ ތެރޭގައި ހިމެނޭ ރަސްމިއްޔާތެއްގައި އެތައް ސަތޭކަ ހިންދޫން ހުކުރު ދުވަހުގެ ރޭ ބައިވެރިވިއެވެ. އެމީހުން މަރުވީ ފައްޅި ކައިރީގައި ހުރި ހަނި މަގުތަކުގައި ފިތިފިތިގެންނެވެ.
ޕޮލިހުން ބުނާ ގޮތުގައި، ގިނަ އަދަދެއްގެ މީހުން ވެއްޓި ފައި ތިއްބައި އެމީހުންގެ ގައިމިއްޗަށް ވެސް އިތުރު ބަޔަކު ވެއްޓުމާއެކު މި ހާދިސާ އިތުރަށް ގޯސްވެގެން ދިޔައެވެ. ޒަހަމްވި މީހުންގެ ތެރެއިން މަދުވެގެން 8 މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށް ޕޮލިހުން ހާމަކޮށްފައިވެއެވެ. ގޯވާގެ ޗީފް މިނިސްޓަރު ޕްރަމޯދް ސަވަންޓް މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށް، ހާދިސާ ހިނގި ގޮތް ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.
އިންޑިއާގައި ބޮޑެތި ދީނީ ހަފްލާތަކުގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މިފަދަ ހަފްލާތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ވަރަށް ނޭޅުމުގެ ސަބަބުން މިފަދަ ހާދިސާތައް ވަނީ އާންމުވެފައވެ.