ads
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުން
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ދޮޅު އަހަރުތެރޭ ނިމޭނެ
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ގިނަވެގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު ސްކޫލުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކުރިން މި މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިއަން ރުފިޔާ ކުޑަކޮށް މިހާރު މި މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. މިދިޔަ ސަރުކާރުގައި 2022 ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އަމީން ކޮންސްޓްރަކްޝަނާއި ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކުރި ނަމަވެސް، ބާ ޖަމާލުއްދީންގައި ހުރި އިމާރާތް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

މިގޮތުން 10 ބުރީގެ މި އިމާރާތުގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ސައިންސް ލެބާއި ލެބޯޓަރީ އަދި ޓާފް ދަނޑެއްގެ އިތުރުން 4 ލިފްޓު ހިމެނޭނެއެވެ. ހާއްސަކޮށް، މި އިމާރާތަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަގްރައުންޑް ޕާކިންއާއެކު ތަރައްގީ ކުރެވޭ ފުރަތަމަ ސްކޫލް އިމާރާތް ވެގެންދާނެއެވެ. މިއީ މާލޭގެ ޕާކިންގ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް