ads
ސަހަރާގެ ފާރަށް ގެންނަ ބަދަލު މާލޭ މޭޔަރު އާޒިމް ބައްލަވާލައްވަނީ
އައިޖީއެމްއެޗްގެ ހިދުމަތް ބޮއްސުންލައިފި: މޭޔަރު އާޒިމް
ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ހިދުމަތުގެ ފެންވަރު ދަށްވެ ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ގިނަ ރައްޔިތުން ސިއްހީ ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ހިދުމަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެތައް ރައްޔިތުންނެއް ބޭސް ފަރުވާއަށް ސަލާމް ޖަހައި، ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ބޭހަށް ނުގުޑާ ބެކްޓީރިއާއެއް ފެނުނީ އެތަނުގެ ޑިސްއިންފެކްޓަންޓް ހުސްވެފައި ހުއްޓާ ކަމަށް މޭޔަރު އާޒިމް ތުހުމަތުކުރެއްވިއެވެ. މި ނުރައްކާތެރި ބެކްޓީރިއާގެ ސަބަބުން ފެތުރުނު ބަލީގައި ގިނަ ކުދިންތަކެއްގެ ހާލު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ގައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވެއެވެ.

ސަރުކާރުގެ މުއައްސަސާތަކުން ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ސިއްހީ ފަރުވާ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް އިސްކަންދިނުމަށް މޭޔަރު އާޒިމް ވަނީ ގޮވާލައްވާފައެވެ. އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި މިހާރު އެ ތަނުން އިތުރު ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އަޅައި، ބެކްޓީރިއާގައި ހާލު ދެރަވި ކުދިން ރާއްޖެއިން ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް