ads
އާރަށް:--
ރައީސް އާ ރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލް އެމަނިކުފާނު ދެއްވައިފި
ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 116 ފަހަރު އާރަށަށް ވަޑައިގެންފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

513 ދުވަހަށް ފަހު މިއަދު ރައީސް މުއިއްޒު ގެންދަވަނީ ނޫސްވެރިންނާއި ބައްދަލުރައްވަމުންނެވެ. މިއަދު ހެނދުނު 10:00 ގައި ފެށީ ނޫސްވެރިންގެ ބައްދަލުވުން ކުރިޔަށްދާ ތާ މީހާރުވަނީ 10 ގަޑިއިރަށް ވުރެ ގިނައިރުވެފައެވެ. 

އާރަށަށް ރައީސް މިހާތާނަށް ކުރެއްވި ދަތުރުފުޅުގައި މައުލޫމާތު ހާމަކުރަން އެދުމުން އެކަން ހާމަކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހައްދަވާފައި ވަނިކޮށް ރައީސް މުއިއްޒު ވަނީ އެ މައުލޫމާތު މިއަދު ވަނީ ހާމަކުރައްވާފައެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާތަނަށް 116 ފަހަރުގެ އާރަށަށް ވަޑައިގެންފައިވާކަމަށެވެ. އޭގެތެރެއިން 85 ފަހަރު އެ ރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށެވެ. އެއީ ދެކޮޅަށް ތިން ގަޑިއެއްހާއިރުގެ ދަތުރެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އާއިލާއާ އެކު އާރަށަށް މިހާތަނަށް ވަޑައިގަތީ 31 ފަަހަރު ކަމަށެވެ. އެގޮތުން ބައެއް ހުކުރު ދުވަސްތަކުގައިވެސް އާއިލާގެ ބޭފުޅުން އާރަށަށް ވަޑައިގެންފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އާރަށް ކުރެއްވި ދަތުރުގެ ލޯންޗު ދަތުރުތަކަށް ހިނގާފައިވާ ހަރަދުތައްވެސް ހާމަކުރައްވާފައެވެ.

" އަޅުގަނޑުގެ ލޯންޗު ދަންޏާ ދާނެ އިތުރު ދެ ސެކިއުރިޓީ ލޯންޗު އެ ދެ ސެކިއުރިޓީ ލޯންޗުގެ ތެލާ އެއްކޮށް ތިން ލޯންޗުގެ ތެޔޮ، މިއަދާ ހަމައަށް ޚަރަދުވެފައި ވަނީ 844،635.60 ރުފިޔާ އެހެންވީމަ އެއީ 116 ދަތުރަށް ބަލާއިރުގައި ކުރެވިފައިވާވަރު،" ރައީސް ވިދާޅުވިއެވެ.

މުލިއާގޭ ކެއުމަށް އަގުބޮޑެތި ތަކެތި ގަންކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުވި ބިލާއި ގުޅޭގޮތުންވެސް ރައީސް މުއިއްޒު މިއަދު ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އާރަށަށް ދިޔަ ނަމަވެސް ކެއުން ގެންދަނީ މުލިއާގެއިން ކަމަށާއި ވެރިކަމަށް އައި ފަހުން މުލިއާގޭ ކެއުމަށް މިހާތަނަށް ހަރަދުވީ ޖުމްލަ 741،268.1 ރުފިޔާކަމަށެވެ. 

" 2024 ވަނަ އަހަރު އެއްކޮށް، މުޅި އަހަރު އެއްކޮށް މުލިއާގޭ ކެއުމަށް ހަރަދުވެފައި ވަނީ 565،703.93 ރުފިޔާ ދެން އާރަށަށް ދިޔަޔަސް ހަމަ މުލިއާގޭ ބަދިގެއިން ދަނީ ހަމަ އާ ރަށަށް ދިޔަޔަސް ހަމަ މި ބަޖެޓު ތެރެއިން އެ ކާ ތަކެތި ގެންގޮސް ކަނީ އެހެންވީމަ އާ ރަށަކަށް ވަކި ބަޖެޓެއް ނޯވޭ ކެއުމަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ދެން މި އަހަރުގެ އޭޕްރިލް މަހުގެ 30 އާ ހަމައަށް މުލިއާގޭގެ ކެއުމަށް ހަރަދުވެފައި ވަނީ 175،564.17 ރުފިޔާ." ރައީސް ވިދާޅުވި އެވެ. 

ރައީސް އާރަށަށް ދަތުރުކުރެއްވި އަދަދު ހޯދަން އާއްމު ރައްޔިތަކު އެދުމުން އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ދޭން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި އެ މައުލޫމާތު ހޯދަން އެދުނު ފަރާތުގެ މައްސަލަ ތަހުގީގުކުރާނެކަމަށް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް