އިންޑިއަން ނޭވީއިން ބުނީ އައިއޯއެސް ސާގަރު ރާއްޖެއަށް ބަނދަރުކުރާނީ އަންނަ އަންގާރަ ދުވަހުކަމަށެވެ. އެ މަނަވަރު ރާއްޖޭގައި ބަނދަރުކުރަނީ އިންޑިއާއަށް އަނބުރާ ދިއުމުގެ ކުރިން، އެންމެ ފަހު ތަނެއްގެ ގޮތުގައި ކަމަށް އިންޑިއާ ނޭވީން ބުނެއެވެ.
އައިއޯއެސް ސާގަރު އެންމެފަހުން ބަނދަރުކުރީ ސީޝެލްސްގަެއެވެ. އެ ގައުމުގެ ވިކްޓޯރިއާއިން ރާއްޖެ އައުމަށް މިދިޔަ ހުކުރު ދުވަހު މަނަވަރު ދަތުރު ފަށާފައިވާކަމަށް އިންޑިެއާފެ ނޭވީން ބުނެއެވެ.
މި މަނަވަރު ދަތުރު ފެށީ، އިންޑިއާ ކަނޑު ސަރަޙައްދުގެ ނުވަ ޤައުމަކުން 44 ފަޅުވެރިން ހިމެނޭހެންނެވެ. އޭގެ ތެރޭގައި، އިންޑިއާގެ އިތުރުން ރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސްއާއި ކެންޔާގެ އަދި ޓެންޒޭނިއާ ހިމެނެއެވެ.
އިންޑިއާގެ އަސްކަރީ މަނަވަރު، އައިންއެސް ސުނައިނާ، އިންޑިއަން އޯޝަން ޝިޕް (އައިއޯއެސް) ސާގަރުގެ ގޮތުގައި ކަނޑައެޅީ، އެ ގައުމުގެ ނޭވީއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ހާއްސަ އޮޕަރޭޝަނެއްގައެވެ.