ads
ފޮޓޯ: އެމްޓީސީސީ
2028 ގެ ނިޔަލަށް އެމްޓީސީސީގެ 99 ޕަސަންޓު މަސައްކަތް ނިންމާލަނީ
އެމްޓީސީސީން މިހާރު ހިންގަމުންދާ 340 އަށްވުރެ ގިނަ މަޝްރޫއުތަކުގެ 99 ޕަސަންޓު މަސައްކަތް 2028 ވަނަ އަހަރުގެ ފަހު ކުއާޓަރަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
Advertisement

ސައުދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން ހަވާލުވެފައިވާ މަޝްރޫއުތައް އަވަހަށް ނިންމުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމްޓީސީސީގެ ދުވެލި ހަލުވިކުރުމުގެ ގޮތުން ފެށި ފުރަތަމަ މަސައްކަތަކީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކަމަށްވާއިރު، މި މަޝްރޫއު 2026 ވަނަ އަހަރަށް ނިންމަން ހަމަޖެހިފައިވީ ނަމަވެސް، މިއަހަރުގެ ސެޕްޓެމްބަރ މަހަށް މަސައްކަތް ނިންމާ ހަވާލުކުރާނެ ކަމަށް ސައުދީ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ 38 މަޝްރޫއެއް ފެށުމަށްޓަކައި 11 ރަށެއްގެ މަސައްކަތް މޮބިލައިޒް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގެ މަޝްރޫއުތައް މިހާރުވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ކުރިން ފެށިފައި ހުއްޓިފައި ހުރި މަސައްކަތްވެސް ހިމެނޭ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައްޔިތުންނާ ގުޅުން ހުރި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށް ސައުދީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް