ads
ވިދާ ގުގުރުން
މެޓް އޮފީހުން އިންޒާރު: ދެކުނަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
Advertisement

މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މެޓް އޮފީހުން ބުނީ ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށްވެސް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުއިތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ގިނަ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ. ވިއްސާރަ ވެހޭ ދުވަސްވަރު ދަތުރުފަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް