ads
އިހަވަންދޫ އައިސް ޕްލާންޓުން އައިސް ގަނެ މަސްވެރިން ދޯންޏަށް ބަރުކުރަނީ
ގަހަނާ އަދި ފައިސާގެ ވެރިފަރާތް 15 ދުވަހުގެ ތެރޭގައި ހާޒިރުވާން އަންގައިފި
ހއ. އިހަވަންދޫން ހޮވައިގެން ގެނެސްފައިވާ ފައިސާތަކަކާއި ރަނާއި ރިހީގެ ގަހަނާގެ ވެރިފަރާތް 15 ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އެރަށު ކޯޓުން އަންގައިފި އެވެ
Advertisement

އިހަވަންދޫ ކޯޓުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެކި ފަހަރު މަތިން ހޮވައިގެން ގެނެސްފައިވާ ތަކެތީގެ ތެރޭގައި ހަތަރު ރަން އަނގޮޓިއާއި، ތިން ރަން ފަށާއި، ރަނުގެ ހަތް ކެވެލި ކޮޅާއި، ރަނުން ހަދާފައިވާ ކަންފަތުގައި ލާ ތިން އެތިކޮޅާއި، ރަނުގެ ތިން ފަށުފުލާއި، އެއް ރިހި ފަށާއި، ދެ ރިހި ކެވެއްޔާއި، ދެ ރިހި އަނގޮޓި ހިމެނޭ ކަމަށެވެ. ނަމަވެސް ހޮވައިގެން ގެނެސްފައިވާ ފައިސާގެ އަދަދު ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި ތަކެތީގެ ވެރިފަރާތް 15 ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުވެ އެކަން އަންގަންވާނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ވެރިފަރާތް ނުފެނިއްޖެނަމަ، މި ތަކެތި ދައުލަތަށް ނެގުމަށް ކޯޓުން އަންގާނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް