ads
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަދި ރާއްޖޭގެ ރައީސް މުއިއްޒު
ރައީސް މުއިއްޒު ޒެލެންސްކީގެ ރެކޯޑު މުގުރާލުން, ދުނިޔޭގެ ސަމާލުކަމަށް އައިސްފި
ރައީސް މުއިއްޒު 14 ގަޑިއިރާއި 54 މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔުކްރެއިންގެ ރައީސް ޒެލެންސްކީގެ ރެކޯޑު މުގުރާލައްވާފައިވާތީ އެކަން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.
Advertisement

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން މޭ 3 ގައި ބޭއްވުނު މި ބައްދަލުވުން ފެށުނީ ހެނދުނު 10:00 ގައި ކަމަށާއި، އޭގެ ފަހުން 14 ގަޑީިއިރާ 54 މިނެޓަށް މި ނޫސްވެރިންގެ ބައްދަލުވުން ދިގު ދެމިގެން ދިޔަކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ވެސް މިއަދު ވަނީ ރިޕޯޓު ކޮށްފައެވެ. 

މިއީ 2019 ވަނަ އަހަރު ޒެލެންސްކީ ބޭއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު މުގުރާލި ބައްދަލުވުމެކެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ބޭއްވުނު މި ބައްދަލުވުމުގައި ރައީސް މުއިއްޒު ގާތްގަނޑަކަށް 24 ނޫސްވެރިންނާއި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. ނަމާދު ވަގުތުތަކުގައި ކުޑަ ހުސްވަގުތުކޮޅުތަކެއް ނަންގަވާފައިވެއެވެ. 2025 ވަނަ އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 104 ވަނަ ގައި ކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ. މިއީ މިދިޔަ އަހަރާއި އަޅައި ބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމެކެވެ. 

ރައީސް މުއިއްޒު މި ބައްދަލުވުމުގައި ހުޅުމާލޭގައި ގާއިމުކުރަން ހުށަހަޅާފައިވާ މީޑިއާ ވިލެޖް ފަދަ މީޑިއާއާ ގުޅުންހުރި އިސްނެގުންތައްވެސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ވެރިން ރެކޯޑު ހެދުމުގެ ތާރީހެއް އޮތްކަން ފާހަގަކޮށް، 2009 ވަނަ އަހަރު މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކަނޑުއަޑީގައި ރައީސް ނަޝީދު ބޭއްވެވި ކެބިނެޓް ބައްދަލުވުން ވެސް ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް