ads
ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: މިހާރު
ފަނޑިޔާރުން ވަކިކުރުން، ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް: ސުއޫދު
ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
Advertisement

ސުއޫދު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން މާދަމާގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށެވެ. 

ސުއޫދު އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ ގާނޫނާއި ހިލާފަށް ފަނޑިޔރުން ވަކިކުރުމުގައި ބައިވެރި އެންމެންގެ ދައުރު ސައރުއީ ދާއިރާގެ ތާރީހުން ފޮހެވިގެން ނުދާނެކަމަށެވެ. 

" ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމުގެ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށް. ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީހުން ފޮހެވިގެން ނުދާނެ،" އެކްސްގައި ސުއޫދު ކުރެއްވި ޕޯސްޓުގައިވެއެވެ.

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން ފާސްކުރީ މިއަދު މެންދުރު ފަހުއެވެ. އެއާއި އެކު މާދަމާގެ މަޖިލިސް ޖަލްސާއަށް އެކަން ވަނީ އެޖެންޑާކޮށްފައެވެ.  

ސުޕްރީމް ކޯޓުންގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ އެ ބޭފުޅުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެއެވެ. އެ ތަހުގީގުގެ ތަފުސީލެއް އޭސީސީއަކުން މިހާތަނަށް ދީފައެއް ނުވެއެވެ. ސަސްޕެންޑްކުރުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާދެއްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް