ހަބަރު /

އައިޖީއެމްއެޗް ހޮސްޕިޓަލް
ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހުންގެ ހާލު ދެރަވެގެން ފަރުވާ ދެނީ
މުހައްމަދު އާދަމް އަހްމަދު
04 މޭ 2025 - 21:21:33
ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ފަރުވާދެމުން އަންނަނީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު ރެކްރޫޓަކަށްކަމަށެވެ.
ފުލުހުން ބުނީ ފަރުވާދެމުން އަންނަ ފުލުސް މީހާގެ ހާލު ސީރިއަސްކަމަށެވެ. އެ ފުލުސް މީހާގެ ހާލު ދެރަވެގެން ރޭ ފަތިހު ފުރަތަމަ ގެންދިޔައީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށްކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއަށް އިތުރު ފަރުވާދިނުމަށް މިއަދު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ފުލުސް މީހާއަށް ސިމާވީ ކޮންކަމެއްކަމެއް އަދި އޭނށާގެ ހާލު ދެރަވީ ކީއްވެގެންކަމެއް މިހާތަނަށް އަދި ފުލުހުން ނުބުނެއެވެ.
ފުލުހުންނާއި ސިފައިންގެ ތަމްރީނު ތަކުގައި މަދުންނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް