ads
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް"
އިންޑިއާގެ މުބާރާތުން "ޓޫ އޮފް އަސް" އަށް ތިންވަނަ
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" އަށް މުބާރާތުން ތިން ވަނަ ލިބިއްޖެއެވެ.
Advertisement

މުބާރާތުގެ ސެމީގައި "ޓޫ އޮފް އަސް" ހުށައަޅާދިނީ ދިވެހި ލަވަ "އެހެރީ ދިވެހި ނިޝާން"  މި ލަވަ އެވެ. ދިވެހި ލަވައިން ފެށި ހުށައެޅުން ބޭންޑުން ނިންމާލީ އޭގެ ހިންދީ ލަވައިގެ ކަޑިތަކުންނެވެ. 

މީގެއިތުރުން ސެމީގައި ދެން "ޓޫ އޮފް އަސް" ގެނެސްދެނީ 1079 ގެ ތެެރޭގައި ވަރަށް މަޝްހޫރިވި ހިންދީ ލަވައެއްގެ ހުށައެޅުމެކެވެ. އެއީ ފިލްމު "މޭރާ ނާމް ޖޯކަރު" ގެ "ޖީނާ ޔަހާ، މަރްނާ ޔަހާ" އެ ލަވައެވެ. 

ސެމީގައިވެސް ޖަޖުން ވަނީ ދިވެހި ބޭންޑް "ޓޫ އޮފް އަސް" ވަތަށް ބޮޑަށް ތައުރީފުކޮށްފަެއެވެ. އެގޮތުން ދިވެހި ބޭންޑުގެ ހުށައެޅުން ކުރިޔަށް ދިޔައިރު އިތުރު އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދަމައި ނުގަންނަކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" މިރޭ ނިމުނު އިރު މުބާރާތުގެ އެއްވަނަ އަށް ދިޔައީ  މޮރިޝަސް އިން ބައިވެރިވި ބޭންޑްއެވެ. ދެވަނަ ހޯދީ ސްރީލަންކާއިން ބައިވެރިވި ބޭންޑްއެވެ. 

އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދިން މި މުބާރާތުގައި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އިން ހުށައަޅާދިން ހުރިހާ ހުށައެޅުމަކަޑް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. "ޓޫ އޮފް އަސް"  މި ބޭންޑުގައި ހިމެނުނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީގެ އިތުރުން ޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް