ހަބަރު /

އައިޖީއެމް ހޮސްޕިޓަލް
ތަމްރީނު ހަދަނިކޮށް ހާލު ގޯސްވި ފުލުސް އޮތީ ވެންޓިލޭޓަރުގެ އެހީގައި
މުހައްމަދު އާދަމް އަހްމަދު
05 މޭ 2025 - 09:06:29
ދ. ވާނީގައި ތަމްރީން ހަދަމުންދަނިކޮށް ހާލު ދެރަވި ފުލުސް ކުއްޖާ ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ
ފުލުހުން ބުނީ ތަމްރީނި ހަދަމުންދަނިކޮށް ހާލު ދެރެވެގެން ފަރުވާދެމުން ދިޔައީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު ރެކްރޫޓަކަށްކަމަށެވެ.
އެ ފުލުސް ކުއްޖާ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ފުލުސް މީހާގެ ހާލު ދެރަވެގެން ފުރަތަމަ ފަރުވާދިނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށްކަމަށް ފުލުހުން ވަނީ ބުނެއެވެ. އަދި އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައިކަމަށް ފުުހުން ވަނީ ބުނެފައެވެ.
ފުލުސް މީހާއަށް ދިމާވީ ކޮންކަމެއްކަމެއް އަދި އޭނާގެ ހާލު ދެރަވީ ކީއްވެގެންކަމެއް މިހާތަނަށް އަދި ފުލުހުން ނުބުނެއެވެ.
ފުލުހުންނާއި ސިފައިންގެ ތަމްރީނު ތަކުގައި މަދުންނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް