ads
އެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
ޕްރެސް ރިކޯޑް ހެދީމަ އެމްޑީޕީން ރައީސް މުއިއްޒަށް މަރުހަބާ ކިޔަންޖެހޭ: ފަލާހް
ނޫސްވެރިންގެ ދުވަހު ރައީސް ޑރ. މުއިއްޒު ހެއްދެވި ދުނިޔޭގެ ރިކޯޑަށް މަރުހަބާ ކިޔާ އިދިކޮޅު އެމްޑީޕީން ބަޔާނެސއް ނެރެން ޖެހޭކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
Advertisement

ނޫސްވެރިންނާއި ބައްދަލުނުކުރައްވާތާ 512 ދުވަސްފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. 

މޭ 3 ވަނަ ދުވަހު ހެނދުނު 10:00 ގައި ފެށުނު މި ޕްރެސް ކޮންފަރެންސް ނިންމާލެއްވީ މެންދަމު 12:52 ގައެވެ. އެއީ  14 ގަޑިއިރާއި 52 މިނެޓެއެވެ. މި ޕްރެސް ކޮންފަރެންސްއާއެކު ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ރާއްޖެއަށް ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން މަޖލީހުގައި މިއަދު ވާހަކަ ދައްކަވަމުން ފަލާގް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްނަމަ ރައީސް މުއިއްޒު ހެއްދެވި ދުނިޔޭގެ ރިކޯޑަށް މަރުހަބާ ކިޔާ ނޫސް ބަޔާނެއް ނެރެންޖެހޭކަމަށެވެ. 

"އެމްޑީޕީގެ ބޭފުޅުންނަށް ހަޖަމނުވެދާނެ އިނގޭތޯ. އޭއީ އެމްޑީޕީގައި ނުތިބޭނެ އެހާ މުރާލި ރައީސުންނެއް. އަނެއްކާ 14 ގަޑިއރުވަންދެން ވާހަކަ ދެއްކޭ ކަހަލަ ދޫ ހެކޭ ރައީސުންނެެއްވެސް އާއްމުކޮށް ރިޔާސީ ރޭހަކަށްވެސް ވަޑައެއް ނުގަންނަވާ. ވެރިކަންކުރާކަށްވެސް ވަޑައެއް ނުގަންނަވާ. ހާއްސަކޮށް 14 ގަޑިއިރު ކޮޅަށް ހުންނެވޭވަރުގެ އެނާޖީ ހުރިވަރުގެ ވެރިންނެއްވެސް އެމްޑީޕީއަކު ނެތް " ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ރައީސް އެދުވަހު ދެއްވި ޕްރެސްއަށް އެމްޑީޕީންވެސް ޖެހޭނީ ތައުރީފުކުރަން ކަމަށެވެ. 

" އެއީ މިގައުމަށްވެސް ލިބުނު ޝަރަފެއް އަފި ފަހުރެއް. އެހެންވީމާ އެކަމަށްޓަކައި އެމްޑީޕީން ހަގީގަތުގައި ނޫސް ބަޔާނެއް ނެރެންޖެހޭނެ." ފަލާހް ވިދާޅުވިއެވެ.

އެގޮތަށް ކަންކަން އެމްޑީޕީން ނޫސް ބަޔާނެއް ނެރުނުނަމަ އެއީ އިދިކޮޅު ޒިންމާދާރު ސިޔާސީ ޕާޓީއެއްކަމަށް ގަބޫލު ކުރެވުނީސްކަމަށް ފަލާހް ވިދާޅުވިއެވެ.

" މިއަށް ފާޑުކިޔާނަމަ ދިވެހި ރައްޔިތުން އެމްޑީޕީއަށް ތާއީދެއް ނުކުރާނެ." ފަލާހް ވިދާޅުވިއެވެ.

އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ހިފަހައްޓަވާފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ޒެލެންސްކީ ބޭއްވެވި ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 14 ގަޑިއިރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް