ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ސްކޫލްގެ ބިންގާ ރައީސް މުއިއްޒު އަޅުއްވާދެއްވަނީ
ފޭސް ދޭއްގައި އަޅާ ސްކޫލް މި އަހަރުގެ ނޮވެމްބަރަށް ނިމެނޭ: މިނިސްޓަރު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ސްކޫލުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ މި ސްކޫލްގެ ބިންގާ އަޅާފައިވަނީ ޑިސެމްބަރު 25، 2023ގައެވެ. 1,700 ކުދިންގެ ޖާގައިގެ މި ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ  ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ ކޮމްޕެނީ (އާރްސީސީ) އާއެވެ. 

ރައްޔިޔުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސަރުކާރުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސްކޫލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު އެއްކޮށް ނިމޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ސްކޫލެއް ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލުން ޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 54 ކްލާސްރޫމްގެ ސްކޫލް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެ. އަޅުގަނޑު އުންމީދުކުރަނީ އެ ސްކޫލް ނިމުމާއެކުގައި ފުދޭވަރަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް އެކެއްގައި ޕޮލްކޯ އަދި ސިފްކޯ ޓަވަރުތައް ހުންނަ ސަރަހައްދުގައި ސްކޫލެއް ނެތުމުގެ ސަބަބުން އެކަމުގެ ދަތިތަކާއިވެސް ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން މި އަހަރު ތެރޭ އިތުރު ދެ ސްކޫލެއްގެ މަސައްކަތް ހުޅުމާލޭގައި ފަށާނެ ކަމަށެވެ. އޭގެތެރެއިން އެއް ސްކޫލް ފޭސް ދޭއްގައި އަޅާއިރު އަނެއް ސްކޫލް އަޅާނީ ފޭސް އެކެއްގައި ޕޮލްކޯ އަދި ސިފްކޯ ޓަވަރުތައް ހުންނަ ސަރަހައްދުގައިކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް