ads
ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ނުފެންނަކަމަށް ވޯޓްދެއްވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓުތައް ތަމްސީލްކުރައްވާ މެމްބަރު، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު
މަހާޒާއި އަޒްމިރަލްދާ ވަކިކުރަން 2 ފަނޑިޔާރަކު ދެކޮޅު ހެއްދެވި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނެގި ވޯޓުގައި ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް ކޮމިޝަނުގައި ތިއްބަވާ ދެ ފަނޑިޔާރަކު ވޯޓު ދެއްވައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން ފާސްކުރީ އިއްޔެ މެންދުރު ފަހުއެވެ. 

ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.

ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީގެ އިއްޔެ ބައްދަލުވުމުގައި ނެގި ވޯޓްގައި އެކަމާއި ދެކޮޅަށް ދެ ފަނޑިޔާރަކު ވަނީ ވޯޓްދެއްވާފައެވެ. ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ނުފެންނަކަމަށް ވޯޓްދެއްވީ ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓުތައް ތަމްސީލްކުރައްވާ މެމްބަރު، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއެވެ. 

ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަކަމަށް ވޯޓް ދެއްވީ

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
  • ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެމްބަރު އަލީ އަބްދުއްލަތީފް
  • ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި މެމްބަރު ޔަޒްމީދު މުހައްމަދު
  • ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު

ޖޭއެސްސީގައި އިއްޔެ ވޯޓުނެގި ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެޑައިގެންފައެއް ނުވެއެވެ. އަދި ކޮމިޝަންގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ކަނޑައެޅުއްވި މެމްބަރު، ޑރ. އާމިނަތު އުލްމުކުލްސޫމް އެއްވެސް ކޮޅަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. 

ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ ނިންމާ އެ މައްސަލަ ރައްޔިތުން މަޖލިހަށް ހުށައެޅުމުން އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ވަނީ ފަށާފައެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް