ads
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ: ފޮޓޯ ސަން
ކޮމެޓީގައި ވާހަކަ ދައްކަން އަޒްމިރަލްދާ އެދިއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެދިވަޑައިގެންފިއެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން ފާސްކުރީ އިއްޔެ މެންދުރު ފަހުއެވެ.  

މިއަދު އެ މައްސަލަ މަޖިލިހަށް އެޖެންޑާކޮށް މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޖުޑީސަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަޒްމިރަލްދާ މިއަދު ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ ގާނޫނީ ވަކީލަކާއެކު ޖުޑިޝަރީ ކޮމިޓިއަށް ވަޑައިގެން، ޖޭއެސްސީގައި ފާހަގަ ކުރި ނުކުތާތައް ފާހަގަ ކުރުމުގެ ފުރުސަތަެއް ދެއްވުމަށެވެ.

" ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކަޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް މައްޗަށް ނިންމާފައިވާ ނިންމުމެއް،" އަޒްމިރަލްދާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުކަމުން އަޒްމިރަލްދާ ވަކިކުރުމަށް، ޖޭއެސްސީން ނިންމި ނިންމުމާއެކު، މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން، ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރާއިރު، ވަކީލާއެކު ކޮމިޓީއަށް ހާޒިރުވެ، އޭނާގެ ފަރާތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމުގެ ފުރުސަތަކަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފައެވެ.

"އެހެންކަމުން ފަނޑިޔާރުކަމުގެ މަގާމުން އަޅުގަނޑު ވަކިކުރުމާމެދު ތިޔަ ކޮމިޓީން ގޮތެއް ނިންމެވުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގާ ގުޅިގެން އަޅުގަނޑު ފާހަގަކުރަން ހުރި ކަންކަން ތިޔަ ކޮމިޓީއަށް ހާޒިރުވެ ފާހަގަކުރުމަށް ފުރުސަތު ދެއްވުމަށް ހުށަހަޅަމެވެ،" ސިޓީގައިވެއެވެ.

އަޒްމިރަލްދާގެ ސިޓީގައި ވިދާޅުވީ، ސުޕްރީމް ކޯޓަކީ އަދުލު އިންސާފުގެ އެންމެ މަތީ ބާރު ކަމަށެވެ. އެހެންކަމުން އެ ކޯޓުގެ ފަނޑިޔާރެއް މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާއިރު، އެ ފަނޑިޔާރެއްގެ ޝަކުވާތަކެއް ހުރިކަމަށް ފާހަގަކުރާއިރު، އެ ޝަކުވާތަކުގެ އަޑު އެހުމަކީ ކޮންމެހެން ވެސް ޖުޑިޝަރީ ކޮމިޓީން ކުރަންޖެހޭނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް އަޒްމިރަލްދާގެ ސިޓީގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް