ސިޔާމް ކުންފުންޏަށް ނ. މިނާވަރު ދޫކޮށްފައިވަނީ ދަނޑުވެރިކަން ކުރުމަށެވެ.
އެގްރިކަލްޗާ މިނިސްޓްރީން ސިޔާމްގެ ކުންފުންޏަށް ދީފައިވާ ރަށް އަތުލާ ސަބަބެއް ކަމަށް ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ކުރަމުން ނުދިޔުންކަމަށެވެ. އަދި ރަށް 14 ދުވަހުގެ ތެރޭގައި ހުސް ކުރަން ވެސް ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ސިޔާމުގެ ޕާޓީގައި ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށް އަތުލަނީ މުއްދަތުގައި ބާކީ 8 އަހަރު އޮއްވަ ކަމަށެވެ. މީ ސިޔާމް އަތުން އަތުލާ ދެ ވަނަ ރަށްކަމަށާއި ރަށް އަތުލަން ނިންމުމަށް ފަހި ނޯޓިސް ދީފައިވަނީ އެއްވެސް ބަދަލެއް ދިނުމަކާ ނުލާ ކަމަށެވެ.