ads
އެމް.އައި.އެފްސީ ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
އެމްއައިއެފްސީއަކީ ހަމައެކަނި އިމާރާތެއް ނޫން، އެއީ ގައުމީ އަޒުމެއް: ރައީސް މުއިއްޒު
އެމްއައިއެފްސީއަކީ ހަމައެކަނި އިމާރާތެއް ނޫން، އެއީ ގައުމީ އަޒުމެއްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement
ރައީސް މުއިއްޒު ޓުވިޓާގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމުގެ ބޭރުން ފުޅާކުރުމަށް ކުރެވޭ މަސައްކަތެއް،" ކަމަށެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންނަށް ފުރުސަތާއި، ދެމެހެއްޓެނިވިކަމާއި ފަހުރުވެރިކަން ގެނެސްދޭނެ މަޝްރޫއެއް ކަމަށްވެސް ވިދާޅުވިއެވެ.

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ އެމްއައިއެފްސީ ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއުގެ ބިންގާ މިއަދު ހުޅުމާލެ ތިނެއްގައި އަޅައިފިއެވެ. ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ބިންގާގެ ރަމްޒީ ޕްލާގު އިފްތިތާހްކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިހު ނަޔެފް ބިން އީދް އަލް ސާނީއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖެއިން މާލީ ދާއިރާގެ މުސްތަގުބަލު އަލުން ގަލަން ކުރުމުގައި ކުރިއަށް ދިއުމަށް ތައްޔާރުވެފައިވާކަން ދުނިޔެއަށް ދައްކުވައިދޭ މަޝްރޫއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ވިލާތާއި ދަގަނޑުގެ ތަރިކައެއް ނޫންކަމަށާއި، ހިތްވަރުގަދަ ނިންމުންތަކާއި، ކެރޭ ބައިވެރިވުންތަކާއި ގައުމީ މަގުސަދުގެ ތަރިކައެއް ކަމަށްވެސް ވިދާޅުވިއެވެ. މި ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެއް ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރާވާފައިވާކަން އެމްއައިއެފްސީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް