ads
ހއ ބާރަށް
ބާރަށުގައި ސިހުރު ހާދާތީ 8 މީހަކު ހިފަހައްޓައިފި
ހއ. ބާރަށުގައި ސިހުރު އެ ރަށުގެ އަށް މީހަކު މިއަދު ހިފަހައްޓައި، ސުވާލުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ބާރަށުގައި ސިހުރު ހަދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާކަމަށެވެ. 

އެ މައުލޫމާތާއި ގުޅިގެން ގުޅިގެން މިއަދު ހެނދުނު 7:00އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެރަށުގެ އަށް ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރި ކަމަށާއި އެއަށްފަހު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސިހުރުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ރަށްރަށުގައި ސިހުރުގެ މައްސަލަތައް ބޮޑުވެ ފުލުހުން އެރަށް ރަށަށް އަރާ އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސް  ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް