ads
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު
ފުލުހުންގެ އިންވެސްޓިގޭޝަން ޔުނިޓް ހެޑް ސާމިހު ވަކިކޮށްފި
ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
Advertisement

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ އުސް އިމާރާތަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށްވެސް ހުރީ ސާމިހުއެވެ.

ސާމިހު މަގާމުން ވަކިކޮށްފައި މިވަނީ އެ މައްސަލައިގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އަދި ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާކަމުން ސާމިހް ވަކިކުރަން ޔުމްނުގެ އާއިލާއިންވެސް ގޮވާލާފައި ވަނިކޮށެވެ.

ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްކަމުން ސާމިހް ވަކިކޮށްފައިވަނީ އޭނާ ޗުއްޓީއެއްގައި ހުއްޓައެވެ. އަދި އެ މަގާމުން ސާމިހް ވަކިކޮށް އޭނާ ވަނީ ފުުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ، އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑާޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމެންޓަކަށް ބަދަލު ކޮށްފައެވެ.

ސާމިހް ހުރި މަގާމުން ވަކިކުރީ ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. 

ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބައެއް ކަންކަން ފުލުހުން ފޮރުވަން މަސަައްކަތް ކުރާކަމަށް ބުނެ ކިޔަމުން އަންނަ ފާޑުކިޔުންތަކާއި ގުޅިގެން  އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. 

އެ ކޮމިޝަނުން މައްސަލަ ނިންމާ ގޮތުން ވަކި މީހަކަށް ބެލުމެއް ނެތި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް