މިއަދު ކުރުމަށް ހަމަޖެހިފައިވަނީ 25 ކައިވެނި ކަމަށާއި، 15 ވަރީގެ ކޭސް ވެސް ވަނީ ތާވަލުކޮށްފައެވެ.
ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ދިވެހީންގެ ތެރޭގައި އޮންނަ ސަގާފަތެއް ކަމަށާއި، އެފަދަ ތާރީހުތަކުގައި ފެމިލީ ކޯޓަށް އާންމުކޮށް ބާރު ބޮޑުވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. ނަމަވެސް މިއަދުގެ ރީތި ތާރީހުގައި ކޯޓަށް އެހާ ބާރު ބޮޑެއް ނޫން ކަމަށާއި، ފާއިތުވެދިޔަ އެހެން ރީތި ތާރީހުތަކަށް ބަލާއިރު މިއަދު ކުރުމަށް ހަމަޖެހިފައިވާ ކައިވެނިތައް މަދު ކަމަށް ކޯޓުން ބުނެފައިވެއެވެ.
ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2,485 ކައިވެނި ކުރެވުނުއިރު، 1,326 ވަރި ފެމިލީ ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކޮށްފައިވާ 181 ކައިވެނި ރަޖިސްޓަރީ ކޮށްދެވުނު ކަމަށް ވެސް އެ ކޯޓުން ބުނެފައިވެއެވެ.