
ރައީސް މުއިއްޒު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތަފްސީލުތައް ދެއްވަނީ
ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
ގުފްތަގް އަޖީރު
05 މޭ 2025 - 17:50:01
ސިންގަޕޫރުގެ އާންމު އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ވިދިވިދިގެން 14 ވަނަ ފަހަރަށް ކާމިޔާބު ހޯދައި، ލޮރެންސް ވޮންގް އެ ގައުމުގެ ބޮޑުވަޒީރުކަމުގެ އާ ދައުރަކަށް އިންތިހާބުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ލޮރެންސް ވޮންގްގެ އައު ދައުރުގައި ސިންގަޕޫރަށް އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޕީއޭޕީން މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ 97 ގޮނޑީގެ ތެރެއިން 87 ގޮނޑި ހޯދައިގެންނެވެ. އޭގެ ތެރެއިން 33 ދާއިރާއެއްގައި ޕީއޭޕީ ވަނީ ބޮޑު އަގުލަބިއްޔަތެއް ހޯދާފައެވެ. ޕީއޭޕީއަކީ 1965 ގައި ސިންގަޕޫރަށް މިނިވަންކަން ލިބުނީއްސުރެ އެ ގައުމުގައި ވެރިކަން ކުރަމުންދާ ޕާޓީއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް