ads
ގަސް ފޮޓޯ: އެލްވީޖަންގަލް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 4400 އަށްވުރެ ގިނަ ގަސްގަހާގެހި ނައްތާލައިފި
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި 4400 އަށްވުރެ ގިނަ ގަސްގަހާގެހި ނައްތާލައިފިއެވެ.
Advertisement

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ހާމަކުރި މައުލޫމާތުން އެނގުނު ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި 35 ޝިޕްމަންޓްގެ 4408 ގަސްގަހާގެއްސާއި ގަހުގެ ބައިތައް ވަނީ ނައްތާލާފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 3،869،648 ގަސްގަހާގެއްސާއި ގަހުގެ ބައިތައް 405 ޝިޕްމަންޓްގެ ގޮތުގައި އެތެރެކޮށްފައިވެއެވެ. މީގެ ތެރެއިން ގަވާއިދާ ހިލާފަށް އެތެރެކުރި 37 ޝިޕްމަންޓްގެ ތެރެއިން 2 ޝިޕްމަންޓްގެ ލިޔެކިޔުންތައް ފަހުން ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތަށް ލިޔެކިޔުން ހަމަކުރެވުނީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކަށެވެ.

ރާއްޖެއަށް ގަސްގަހާގެހި އެތެރެކުރުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް މިނިސްޓްރީން މިފަދަ އެންގުންތަކާއި އިލްތިމާސްތައް ކުރަމުން ގެންދިޔަ ނަމަވެސް، ރާއްޖެއަށް އެތެރެކުރުން މަނާ އަދި ގަވާއިދާ ހިލާފަށް ދިރޭތަކެއްޗާއި ގަސްގަހާގެހީގެ ބާވަތްތައް އެތެރެކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް