ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
17 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
ނޯތް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވި، އެ މައްސަލަ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

މިރޭ ފުލުހުން ހާމަކުރިގޮތުން، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، ފުލުހުން ވަނީ ގުޅުންހުރި މުއައްސަސާތަކާއެކު މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނޯތް ޕޮލިސް ރީޖަންގައި ހިމެނޭ ނ. އަތޮޅު، ބ. އަތޮޅު، ރ. އަތޮޅު ނުވަތަ ޅ. އަތޮޅުގެ ރަށެއްގައެވެ. ނަމަވެސް، ވަކި ރަށެއްގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ފުލުހުން މިއަދު މިހެން ބުނެފައިވާއިރު، ސޯޝަލް މީޑިއާގައި ފެތުރެމުންދާ މައުލޫމާތުތަކުގައި ބުނެފައިވަނީ މި މައްސަލައަކީ ނ. މަނަދޫގައި ހިނގި ހާދިސާއެއް ކަމަށާއި، މައްސަލަ ހާމަކުރި ފަރާތަށް އޭނާގެ އަމިއްލަ އާއިލާއިން މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ ކުއްޖާއަށް ޖިންސީ ގޯނާކުރި ފަރާތްތަކުގެ ތެރޭގައި ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފެއް ހިމެނޭ ކަމަށެވެ. އަދި މި މައްސަލަ ހާމަކުރި ފަރާތުން ވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެދި ޕެޓިޝަނެއް ތައްޔާރުކޮށް، ނ. މަނަދޫގެ ރައްޔިތުންގެ ސޮއި ހޯދުމަށް މަސައްކަތް ފަށާފައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުންދާ ކަންބޮޑުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް