ads
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާމިނަތު މުނާ
ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވުން: މުނާ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އާމިނަތު މުނާ އިސްތިއުފާދެއްވައިފިއެވެ.
Advertisement

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުނާ އިސްތިއުފާދެއްވާފައި މިވަނީ، ސަރުކާރު ކޯލިޝަންގައި އެމްޑީއޭ މިހާރު ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވުފައިވަނިކޮށެވެ.

މުނާގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި "އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާ މެދު އިހާނެތިކޮށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް،" ފާހަގަކުރެއްވިއެވެ.

މުނާ އިސްތިއުފާ ދެއްވާފައިވާއިރު، ސަން ޝިޔާމް ގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމާ ސިޓީ ފޮނުވައިފައިވާކަމަށް ލޯކަލް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގްރިކަލްޗާ މިނިސްޓްރީން ސިޔާމުގެ ކުންފުންޏަށް ފޮނުވި ސިޓީގައި ރަށް ހުސްކުރަން ދީފައިވަނީ 14 ދުވަހުގެ މުއްދަތެކެވެ. ސަބަބަކަށް ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ކުރަމުން ނުދިޔުމެންކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަންގައި އެމްޑީއޭ މިހާރު ނެތް ކަމަށާއި އޮތީ ޕީއެންސީ އެކަނި ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ އިން މަސައްކަތްކުރީ އެމްޑީޕީގެ ކޯލިޝަންގައެވެ. ނަމަވެސް ދެ ވަނަ ބުރުގައި ނިންމުން ބަދަލުކޮށް، ޕީއެންސީއާއެކު ކޯލިޝަން ހެދިއެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމްޑީއޭއާ ބައެއް ހިޔާލު ތަފާތުވުންތައް އުފެދުނު ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބެއް ތަފްސީލުކޮށް ވިދާޅެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް