ads
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
އެއްބަސްވުންތަކާ ގުޅޭ ސުވާލުތަކަށް ޖަވާބު ހޯދަން ގައްސާން މަޖިލީހަށް ހާޒިރުކުރަނީ
ކުރީގެ ސަރުކާރުން އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރާ ސަބަބާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ހަތިޔާރުތަކުގެ ތަފުސީލު ހޯދުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މާދަމާ ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން އެޖެންޑާކޮށްފިއެވެ.
Advertisement

މި ސުވާލުތައް ކުރައްވާނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެކަން ކޮށްފައެއް ނުވާކަމަށް އެމްޑީޕީން ބުނެއެވެ. ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ވިދާޅުވުމުން މި މައްސަލައިގައި އިދިކޮޅު އެމްޑީޕީންވަނީ ސުވާލުތަކެއް އުފައްދައިފައެވެ.

މީގެ ކުރިން ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަން ފެށިއެވެ. ނަމަވެސް ހައިޑްރޯގްރަފީ އެއްބަސްވުމުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް