ads
ވޭޕްގެ އުފަދުންތައް އަންނަމަހުގެ 15 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ވަނީ ނިންމާފައި
މިދިޔަމަހު ވޭފްގެ ޖޫރިމަނާގެ ގޮތުގައި 192.500 ރުފިޔާ
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި ޖުމްލަ 192،500 ރުފިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ މިދިޔަ އޭޕްރީލް 1 އިން 30 އަށް ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި ޖުމްލަ 39 މީހަކު ޖުރިމަނާކުރިކަމަށެވެ. އަދި ކުރި ޖޫރިމަނާ 192،500 ރުފިޔާ އަރާކަމަށެވެ. 

މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.  

ވޭޕްއާއި ސިނގިރޭޓް މަނާކުރުމުން އެތަކެތި ވަގަށް އެތެރެކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް