
ރޯހިތު ފިލަން ދުވަނިކޮށް އަތުލައިގަނެ ހައްޔަރުކުރަނީ
ރޯހިތު ފިލަން ދުވަނިކޮށް ފުލުހުން އަތުލައިގެންފި
މުހައްމަދު އާދަމް އަހްމަދު
06 މޭ 2025 - 13:24:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަންނަން ހިނގާފައި ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހެއްކަމަށްވާ އުމުރުން 23 އަހަރުގެ ރޯހިތު ކުމާރު ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:40ހާއިރު، އެއާޕޯޓަށް ދާން އޮންނަ ރުއްޖެހިމަގުން އެ މީހާ ހިނގާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގި ކަމަށެވެ. އެހެންނަމަވެސް މަޑުނުކޮށް ދުވެފައި ދާން އުޅުމުން އޭނާ ހުއްޓުވައި ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިތުރަށް ބެލިބެލުމުން އޭނާއަކީ ސްޕޮންސާއަށް ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.ބ
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް