އެޗްޕީއޭއިން ބުނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ޑެންގީގޭ ކޭސްތައް ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ މަހު ޑެންގީ ޖެހިގެން 124 މީހަކު ރިޕޯޓްކޮށްފައިވާކަމަށެވެ.
އަހަރުގެ މިހާތަނަށް ޑެންގީ ކޭސްތައް ރިޕޯޓްކުރި އަދަދު
ކޮންމެ އަހަރެއްގެވެސް ވިއްސާރަ މޫސުމާއި ދިމާކޮށް ރާއްޖޭގެ ޑެންގީ ކޭސްތައް ފެންނަވަރު އިތުރުވެގެން ދެއެވެ. އަދި ޑެންގީގައި ބައެއް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.