ހަބަރު /

ހުޅުމާލެ ސެންޓްރަލް ޕާކް ކުރިމަތިން އޮންނަ ސަރަހައްދު
ހުޅުމާލެެއިން ގެއްލުނު ކުއްޖާ ފެނިއްޖެ
މުހައްމަދު އާދަމް އަހްމަދު
06 މޭ 2025 - 12:52:35
ހުޅުމާލެ ފޭސް ދޭކުން ގެއްލުނު 15 އަހަރުގެ ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނަި ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނުނީ 12:18 އެހާކަންހާއިރު ހުޅުމާލެ ފޭސް 1 އިންކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްެވެސް ފުލުހުން ބުނެއެވެ.
މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ކުއްޖާގެ ގެއްލިގެން ހުށަހަޅާފަ ވަނީ މިއަދު 08:30 އެހައިކަންހާއިރުކަމަށެވެ. ކުއްޖާ ހޯދަން ފެށީ ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން އެނގުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް