ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަރަދޫފޭދޫ
އައްޑޫ ސިޓީ މަރަދޫފޭދޫން 1500 އަކަ ފޫޓުގެ 175 ގޯތި ދޫކުރުމަށް ނިންމައިފި
އައްޑޫ ސިޓީ ކައުންސިލުން މަރަދޫފޭދޫން ދިރިއުޅުމަށް 1500 އަކަފޫޓުގެ 175 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
Advertisement

މިއަދު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ މި ގޯތިތައް ދޫކުރަނީ މަރަދޫފޭދޫގެ އަލަށް ހިއްކާފައިވާ ބިމުން، ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ކަމަށެވެ.

ދޫކުރުމަށް ހަމަޖެހިފައިވާ 175 ގޯތީގެ ތެރެއިން 158 ގޯތި ދޫކުރާނީ މަރަދޫ އަވަށު މީހުންނަށް ކަމަށާއި، އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް 17 ގޯތި ދޫކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ގޯއްޗަށް އެދޭ ފަރާތްތަކުން "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

ގޯއްޗަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިއުންތަކާއެކު ޖޫން 24ގެ 13:00 ގެ ކުރިން މަރަދޫ އަވަށު އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިރިއުޅުމުގެ ބޭނުމަށް ކަމަށްވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް