
މީގެ ފަހަތުގައި ޖެނެޓިކްސް، ދިރިއުޅުމުގެ ވައްޓަފާޅި، ސްޓްރެސް، އަދި ވަށައިގެންވާ މާހައުލު ފަދަ އެތައް ކަމެއް އެކުލެވިގެންވާ މައްސަލައެކެވެ. ބައެއް މީހުންނަށް ފަސޭހަކަމާއެކު ހިކިކޮށް ތިބެވޭއިރު، އަނެއް ބައި މީހުންނަށް ކުޑަކޮށް ކައިގެން ނުވަތަ ގިނައިން ކަސްރަތުކޮށްގެންވެސް ފަލަ ނުވެ ތިބެން ދަތިވެ އެވެ.
ފަލަވުމަކީ ހަމައެކަނި ގިނައިން ކެއުމުގެ ސަބަބުން ވާ ކަމެއް ނޫނެވެ. ބައެއް މީހުންނަށް އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ "ތްރިފްޓީ ޖީންސް" (thrifty genes) ހުރެ އެވެ. މި ޖީންސްތައް ހުންނަ މީހުންނަށް ފަސޭހައިން ހަށިގަނޑުގައި ސަރުބީ ޖަމާކުރެވެ އެވެ. އެ ޒަމާނުގައި، ދަތި އުނދަގޫ ދުވަސްވަރު ސަލާމަތްވުމަށްޓަކައި ހަށިގަނޑުގައި ސަރުބީ ރައްކާކުރަން ޖެހިފައި ތިބި މީހުންނަށް މި ޖީންސްތައް ވަރަށް މުހިންމުވި އެވެ.
ނަމަވެސް، މިހާރުގެ ފާސްޓްފުޑާއި، ހަކުރު ހިމެނޭ ބުއިންތަކާއި، ސްޓްރެސްއާ، ހަރަކާތްތެރިކަން ކުޑަ ދުނިޔޭގައި، މި ޖީންސްތަކުގެ ސަބަބުން ފަސޭހައިން ފަލަވެ އެވެ. އެގޮތުން ފަލަވުމުގެ ބޮޑެތި ނުރައްކާތައް ވެއެވެ. އޭގެ ތެރޭގައި:
ހަކުރުބަލި، ހިތުގެ ބަލިތައް، އަދި ސްޓްރޯކް ފަދަ ސީރިއަސް ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެ އެވެ. އަދި ނޭވާލާން އުނދަގޫވުން، ހުޅުތަކުގައި ރިހުން، އަދި ލޭ މައްޗަށް ދިއުން ފަދަ މައްސަލަތައް ވެސް ކުރިމަތިވެ އެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ޑިޕްރެޝަން، އެންޒައިޓީ، އަދި އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
ހަމަ އެއާއެކު އުމުރު ކުރުވެ، ދިރިއުޅުމުގެ ފެންވަރު ދަށްވުން ހިމެނެ އެވެ. ފަލަވުން ކުޑަ ކުރުމަށް ކުރެވޭނެ ވަރަށް ގިނަ ކަންތަށްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި:
ޕްރޮސެސްކޮށްފައި ހުންނަ ކާނާ މަދުކޮށް، ތާޒާ ބާވަތްތައް ގިނައިން ހިމަނައިގެން ދުޅަހެޔޮ ކެއުން ބޭނުންކުރުމާއި ގިނަ އަދަދަށް ކެއުމާއި، ހަކުރު ހިމެނޭ ބުއިންތަކާއި، ބޭކާރު ކާނާ ކެއުން ހުއްޓާލުމެވެ. އަދި ދުވާލަކު މަދުވެގެން 60 މިނިޓު ކަސްރަތު ކުރާ ށެވެ. މިސާލަކަށް ހިނގުން، ނެށުން، ނުވަތަ އެ ނޫން ވެސް ބައިވަރު ހަރަކާތެއް ކުރެވިދާނެ އެވެ. އަށް ގަޑި އިރު ހަމައަށް ނިދުންމާއި، ސްޓްރެސް ކޮންޓްރޯލް ކުރުމުން ވެސް ފަލަވުމަށް ދުރުހެލި ކޮށްދެ އެވެ. ސްކްރީން ބަލައިގެން ހޭދަވާ ވަގުތު ކުޑަކުރުމާއި ހާއްސަކޮށް ކެއުމުގެ ތެރޭގައި ސްކްރީނަށް ބަލައިގެން ހޭދަވާ ވަގުތު މަދު ކުރުން ވަރަށް މުހިންމެވެ.
އިނގިރޭސިވިލާތުގެ ނިއުޓްރިޝަނިސްޓް ސާރާ ފްލާވާޒް ބުނި ގޮތުގައި ހެނދުނު ބޯލާ ކޮފީއަކީ ފަލަ މީހުންނަށާއި ބަރުދަން ލުއި ނުވެގެން އެކަމާ އުޅެން ޖެހިފައިވާ މީހުންނަށް އޮތް ހައްލެކެވެ. އޭނާ ބުނި ގޮތުގައި ހެނދުނު ކޮފީއެއް ބޯލުމަކީ މީހާގެ މެޓަބޮލިޒަމް ވެސް ހަމައަކަށް އަޅުވައި ދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ބަރުދަން ލުއިވާން އެހީއަކަށްވެ އެވެ.
އެކަމަކު ހަނދާންކުރާށެވެ. ބަރުދަން ލުއިކުރުން ފަދަ ސިއްހަތާ ގުޅުން ހުރި ކަންކަމުގައި ޑޮކްޓަރެއްގެ ލަފާ ނުހޯދާ އެއްވެސް ކަމެއް ނުކުރާށެވެ.