ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފަތުރުވެރިން މޫދުގައި
ގްރީން ޓެކްސް އާމްދަނީ 88 ޕަސަންޓު އިތުރުވެއްޖެ: ދައުލަތަށް 976 މިލިއަން ރުފިޔާ
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީ 88 ޕަސަންޓު އިތުރުވެއްޖެއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 976.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 518 މިލިއަން ރުފިޔާއަށްވުރެ 458 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނެގޭ ޓެކުހެކެވެ. ޓޫރިސްޓް ފެސިލިޓީއެއްގައި ޓޫރިސްޓަކު ހުންނަ ކޮންމެ ދުވަހަކަށް މި ޓެކްސް ނަގާއިރު، އެއީ ތަނަކާ ގުޅިގެން ދުވާލަކަށް 6 ޑޮލަރާއި 12 ޑޮލަރާ ދެމެދުގެ އަދަދެކެވެ. މި ޓެކްސްއިން އިސްތިސްނާވަނީ އުމުރުން ދެ އަހަރު ނުވާ ކުދިން އެކަނިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް