ads
އިންޑިއާގެ ނޭވީ މަނަވަރު "އައިއޯއެސް ސާގަރް"
އިންޑިއާގެ ނޭވީ މަނަވަރު "އައިއޯއެސް ސާގަރް" ރާއްޖެއަށް
އިންޑިއާގެ ނޭވީ މަނަވަރު "އައިއޯއެސް ސާގަރް" މިއަދު ރާއްޖެއަށް އައިސްފިއެވެ.
Advertisement

މި މަނަވަރު ރާއްޖެއަށް އައިސްފައިވަނީ ދެކުނު އޭޝިޔާ ބައްރުގެ ގިނަ ގައުމުތަކެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޕްރޮގްރާމެއްގެ ދަށުންނެވެ. މި ޕްރޮގްރާމްގައި އިންޑިއާ ހިމެނޭހެން 10 ގައުމެއް ބައިވެރިވެއެވެ. އެއީ ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ކޮމޮރޮސް، ކެންޔާ، ޓެންޒޭނިއާ، މަޑަގަސްކަރަ، ސީޝެލްސް، އަދި ރާއްޖެއެވެ.

ރާއްޖެއަށް މި މަނަވަރު އައުމާ ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. އެ ރަސްމިއްޔާތުގައި ދިވެހި ކޯސްޓްގާޑްގެ ފަރާތުން އިންޑިއާގެ ނޭވީއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން "އައިއޯއެސް ސާގަރް"ގެ ކޮމާންޑިން އޮފިސަރު، ކޮމަންޑާ ކަމަލް ސިން ރާނާ ވިދާޅުވީ އެ ޝިޕްގައި 44 ބޭރު ގައުމުތަކުގެ ކްރޫއިން ހިމެނޭ ކަމަށެވެ. އެއީ ނުވަ ގައުމަކުން ޖުމްލަ 12 އޮފިސަރުންނާއި 32 ސެއިލަރުން ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއް އޮފިސަރާއި ތިން ސޭލަރުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމަންޑާ ކަމަލް ސިން ރާނާ ވިދާޅުވީ މި ދަތުރު ފެށީ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު އިންޑިއާގެ ކާރްވާރް ޕޯޓުން ކަމަށެވެ. މިހާތަނަށް ޓެންޒޭނިޔާގެ ދާރެއް ސަލާމް، މޮޒަމްބިކްގެ ކަނާލާ، މޮރިޝިއަސްގެ ޕޯޓް ލުއީ، ސީޝަލްސްގެ ޕޯޓް ވިކްޓޯރިޔާއަށް ދަތުރުކޮށްފައިވާ ކަމަށާއި ރާއްޖެއަކީ ފަސްވަނަ ބަނދަރު ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ ނޭވީ "އައިއޯއެސް ސާގަރް" ގެ ބައިވެރިން މާލެ ސަރަހައްދުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް ރާއްޖެ ބަލާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެ ދަތުރު ނިންމާލުމަށް މަނަވަރު އިންޑިއާގެ ކޮޗިން އަށް ދާން ފުރާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް