ads
އޮސްޓްރޭލިއާއިން ފުރި ފްލައިޓެއް އެމަޖެންސީގައި ރާއްޖޭގައި ޖެއްސުން
އޮސްޓްރޭލިއާއިން ލަންޑަނަށް ފުރި ފްލައިޓެއް އެމަޖެންސީގައި ރާއްޖޭގައި ޖައްސައިފި
އޮސްޓްރޭލިއާގެ ޕާތުން ލަންޑަނަށް ދަތުރުކުރަމުންދިޔަ ކޮއަންޓާސް ފްލައިޓެއް މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ޖައްސައިފިއެވެ.
Advertisement

ފްލައިޓް QF9 ޕާތުން ފުރީ ހޯމަ ދުވަހުގެ ހަވީރު 6:30 ހާއިރުއެވެ. 18 ގަޑިއިރުގެ ދަތުރުގައި 8 ގަޑިއިރު ހޭދަކުރުމަށްފަހު، މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ބޯއިން 787 ޑްރީމްލައިނާ މާލެއަށް ޑައިވާޓްކުރަން ޖެހުނެވެ.

ފްލައިޓް މާލެއަށް ޖެއްސީ މެންދަމުގެ ކުރިންނެވެ. ނަމަވެސް ފްލައިޓްގެ ކުރޫން ޑިއުޓީ ލިމިޓަށް އެރުމާ ގުޅިގެން ދަތުރު ކުރިއަށް ގެންދެވެން ނެތުމުން މުސާފިރުން މާލޭގައި މަޑުޖެހިފައިވެއެވެ. ކޮއަންޓާސްއިން ބުނީ ދަތުރު ކުރިއަށް ގެންދިއުމަށްޓަކައި އާ ކުރޫއެއް ފޮނުވަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ލަންޑަނުން މުވައްޒަފުން މާލެއަށް ފޮނުވައި، ޕަސެންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮއަންޓާސްއިން އިތުރަށް ބުނީ ޕަސެންޖަރުން އެހެން ފްލައިޓްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މެޑިކަލް އެމަޖެންސީއަކީ ކޮބައިކަން ނުވަތަ ފްލައިޓްގައި ކިތައް ޕަސެންޖަރުން ތިބިކަން ހާމަކޮށްފައެއް ނުވެއެވެ. ކޮއަންޓާސްގެ ފްލައިޓް QF9 އަކީ ޕާތުން ލަންޑަނަށް ސީދާ ދަތުރުކުރާ ފްލައިޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް