ads
އެއާޕޯޓުން އަތުލައިގަތް ކެނެބިސް ވޭޕް އޮއިލް ޝިޕްމެންޓު -- ފޮޓޯ: މިނިސްޓަރު އަލީ އިހުސާން
48 މިލިއަން ރުފިޔާގެ ޖޫރިމަނާ ލިބޭނެކަމުގެ ޔަގީންކަމެއް ނެތް: ކަސްޓަމްސް
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ރާއްޖެއަށް ވޭޕް އެތެރެކުރި ވަކިވަކި ފަރުދުން 48 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުނު ނަމަވެސް، އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކަސްޓަމްސްއިން މިއަދު ހާމަކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، މިހާރު ގާނޫނުގައި އޮންނަ ގޮތުން ވޭޕް އެތެރެކުރުމުގެ ކުށަށް 50,000 ރުފިޔާގެ ޖޫރިމަނާއަކާއި، އިތުރު ކޮންމެ އާލާތަކަށް 10,000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާ ކަމަށެވެ.

ސިމާހު ވިދާޅުވީ މިފަދަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރަން ދަތި ކަމެއްކަމަށެވެ. "މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މިކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރެވޭ" ކަމަށް ސިމާހު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާއިރު އެއީ ތަންފީޒުކުރަން ފަސޭހަ ގާނޫނުތަކަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އިބްރާހިމް ފަޔާޒު ވިދާޅުވީ، މިއަހަރު މިހާތަނަށް ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ 20 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްވެފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ކަސްޓަމްސްގެ އިސްވެރިން އެދިވަޑައިގަތީ، ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އަދަބު ކަނޑައެޅުމުގައި މިހާރު އޮތް ލިމިޓް އުވާލެވޭ ގޮތަށް ބަދަލު ގެނައުމަށެވެ. މިގޮތަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ބައެއް ފަހަރު ވަގަށް އެތެރެކުރާ މުދަލުގެ އަގާއި އޭގެ ފައިދާ، މިހާރު ކަނޑައެޅިފައިވާ ޖޫރިމަނާއަށްވުރެ މާ ބޮޑުވާތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް