މިއީ 24 އަހަރު ވެފައިވާ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު އުވާލައި، ގިނަ އިސްލާހުތަކަކާއެކު އަލުން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
މީގެ އިތުރުން، ބިލުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލުމަށް ލާޒިމުކޮށްފައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އެއަރޕޯޓް ޑިވެލޮޕްމެންޓް އޯވަރސައިޓް ކައުންސިލް" ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ކައުންސިލުން ވައިގެ ބަނދަރުތަކުގެ މާސްޓަރޕްލޭން އެކުލަވާލައި، ކޮންމެ 5 އަހަރަކުން އެއްފަހަރު މުރާޖައާކުރަންޖެހޭނެއެވެ.