ads
ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުނެއްގެ ތެރެއިން
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ރިޕޯޓު ދިރާސާކުރާ ބައްދަލުވުން މިއަދު ކެންސަލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި ފޮނުވި ރިޕޯޓު ދިރާސާކުރުމަށް މިއަދު ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
Advertisement

މި ބައްދަލުވުން ފުރަތަމަ ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް ފަހުން އެ ބައްދަލުވުން 1:00 އަށް ލަސްކުރުމަށްފަހު، ވަގުތު ކުޑަތަންވެފައި އޮއްވައި ކޮމިޓީ ވަނީ ކެންސަލްކޮށްފައެވެ. މި ބައްދަލުވުން ކެންސަލްކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމީ އާދިއްތަ ދުވަހުއެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުއެވެ. ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ. އަދި މި މައްސަލައިގައި ދެ ފަނޑިޔާރުން ވެސް ޖަވާބު ދާރީ ވާން އެދިފައިވާއިރު، ފަނޑިޔާރުން ހާޒިރު ކުރުމާމެދު ގޮތެއް ނިންމާނީ ދިރާސާއަށްފަހު ކަމަށް ބުދަ ދުވަހު ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް